ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރީ ކުރަމުން ދިޔަ ދެ ބިދޭސީއަކު ޑީޕޯޓުކޮށްލައިފި

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި މައްސަލާގައި މިމަހުގެ 5ވަނަ ދުވަހު ހައްޔަރުކުރި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްލާއިފިއެވެ. އިމިގްރޭޝަނުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ...

29 Sep 2024 | 09:15

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި މައްސަލާގައި މިމަހުގެ 5ވަނަ ދުވަހު ހައްޔަރުކުރި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްލާއިފިއެވެ.

އިމިގްރޭޝަނުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން މިދިޔަ ހަފުތާގައި ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި ބާކީ ތިބި ތިން މީހުން ވެސް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ މީހުން ރާއްޖެއިން ފޮނުވާލާނެ ދުވަހެއް ހާމަކުރެވޭނީ ލިޔެކިޔުމުގެ މަސައްކަތް ނިމުމުން ކަމަށް އިމްގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ އާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ފެނިފައިވާކަން އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ. އިމިގްރޭޝަނުންވަނީ މިރެއިޑުގައި ހިފަހައްޓާފައިވާ ޑޮލަރާއި ދިވެހި ފައިސާއާއި ގިނަ ޢަދަދެއްގެ ޕާސްޕޯޓުގެ ފޮޓޯ އާއްމުކުރައްވާފައެވެ.

ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ބިދޭސީންކުރަމުންދާކަމީ އާއްމުންގެ ދުވަސްވީ ބޮޑު ކަންބޮޑުވުމެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުންދަނީ އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާ ފަދަ ގޮތަކަށް ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބިދޭސީންނަށް އިތުރު ފުރުސަތު ނުދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

މިއަހަރުގެ ޖުލައި އަދި މާރިޗު މަހުވެސް އިމިގްރޭޝަނުންވަނީ ކަޅު ބާޒާރުގައި ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލާފައެވެ. އަދި ރާއްޖޭން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުން 81000 އަށްވުރެ ގިނަ ޑޮލަރާއެކު ބިދޭސީއަކު މިދިޔަ މަހުވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް