ދޯންޏެއްގައި ހެނދުނު ރޯވި އަލިފާން އަދިވެސް ކޮންޓްރޯލްނުވޭ: ފުލުހުން

ދ.ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި މިއަދު ހެނދުނު6:30 ހާއިރު ރޯވި އަލިފާން ނިއްވުމުގެ މަސައްކަްތ ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމ...

29 Sep 2024 | 09:04

ދ.ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި މިއަދު ހެނދުނު6:30 ހާއިރު ރޯވި އަލިފާން ނިއްވުމުގެ މަސައްކަްތ ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.

އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން ދާއިރު، ދެންމެ ފުލުހުން މީޑިއާ ގުރޫޕްގައި ބުނެފައިވަނީ އަދިވެސް އެ އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުން ދާ ކަމަށެވެ.

ރޯވެފައިވަނީ ކޮން ދޯންޏެއްގައި ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމެއް އަދި ސާފެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް