ފަތުރިވެރިންތަކެއްގެ ދަބަހެއްނަގައިގެން އޭގައި ހުރި ތަކެތި ވިއްކާލިކަމަށް ބުނާ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި

ފަތުރުވެރިންތަކެއްގެ ދަބަހެއް ނަގައިގެން އޭގައި ހުރި ތަކެތި ވިއްކާލިކަމަށް ބުނާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ މެރީ ބްރައުން އާއި ދިމާއިން ބޮޑުތަކުރު...

29 Sep 2024 | 06:57

ފަތުރުވެރިންތަކެއްގެ ދަބަހެއް ނަގައިގެން އޭގައި ހުރި ތަކެތި ވިއްކާލިކަމަށް ބުނާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ މެރީ ބްރައުން އާއި ދިމާއިން ބޮޑުތަކުރުފާނު މަގު ބުރުމަތީގައި ޗައިނާގެ ދެ ފަތުރުވެރިއެއްގެ ދަބަސް ހަނދާން ނެތި ބޭއްވިފައިވަނިކޮށް ގެއްލިފައިވާކަމަށް ރޭގައި ރިޕޯޓުކުރިކަމަށެވެ.

"މި މައްސަލައާއި ގުޅިގެން ދަބަސް ހޯދުމަށް ގަލޮޅު ފުލުހުންނާއި ފުލުހުން ކުރި މަސައްކަތުން 10:15 ހާއިރު ދަބަސް ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފައި، ދަބަހުގައި ހުރި ބައެއް ތަކެތި ހޯދާފައިވަނީ ވިއްކާލާފައިވަނިކޮށް" ފުލުހުން ބުނެފައިވެއެވެ.

އެ ދަބަހުގައި ހުރި ތަކެތީގެ ތެރޭގައި ލެޕްޓޮޕާއި ހާޑް ޑްރައިވާއި ޕަވަރ ބޭންކްގެ އިތުރުން ޕާސްޕޯޓާއި އަންނައުނު ހިމެނޭކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ރަންފަރު، އުމުރުން 41 އަހަރުގެ ޒަބީހް މުހައްމަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް