ކަނޑުމަތީގައި އަލިފާނުގެ ހާދިސާއެއް، ފުލުހުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން

ދަތުރުކުރަމުންދިޔަ، މުދާ އުފުލާ އޮޑިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން މެރިން ޕޮލިހުން މިއަދު ބުނެފައިވަނީ މިއަދުގެ ހެނދުނ...

29 Sep 2024 | 06:47

ދަތުރުކުރަމުންދިޔަ، މުދާ އުފުލާ އޮޑިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން މެރިން ޕޮލިހުން މިއަދު ބުނެފައިވަނީ މިއަދުގެ ހެނދުނު 07:15 ހާއިރު ކުޑަހުވަދުއާއި ނިޔާމަ ރިސޯޓާއި ދެމެދުގައި އޮތް މުދާ އުފުލާ އޮޑިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މެރިން ޕޮލިސް އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމަންޓާއި ހދ. ކުޑަހުވަދޫ މެރިން ޕޮލިހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މެރިން ޕޮލިހުން ފޭސްބުކްގައި ޕޯސްޓްކޮށްފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ އޮޑީގެ ފަހަތުކޮޅުގައެވެ. ދުން އަރާ މަންޒަރު އެ ފޮޓޯޓަކުން ފެނެއެވެ. ހާދިސާގެ ފަހުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް