މާދަމާވެސް ވަގުތު އިތުރެއް ނުކުރާނެ، ކުރިއަށްދާނީ ފަހަކާ ހަމައަށް: އިލެކްޝަންސް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ކުރިއަށްގެންދާއިރު ނިންމަން އޮތް ވަގުތަށް ނިންމާނެ ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެގޮތުން މިރޭ އެ ކޮމިޝަނ...

29 Sep 2023 | 17:06

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ކުރިއަށްގެންދާއިރު ނިންމަން އޮތް ވަގުތަށް ނިންމާނެ ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެގޮތުން މިރޭ އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08 އިން ހަވީރު 05 އަށް ކަމަށެވެ.

ވަގުތު އިތުރުކުރާނެކަމަށް މަޑު ނުކުރައްވާ އެ ވަގުތުގައި ވޯޓުލުމަށް އިލެކްޝަންސް އިން މިރޭ އިލްތިމާސްކޮށްފައިވެއެވެ.

އިލެކްޝަންސް އިން މިހެން ބުނެފައިވާއިރު ފުރަތަމަ ބުރުގައިވެސް ވަގުތު އިތުރުކޮށްފައެއް ނުވެއެވެ. އެގޮތުން އެ ބުރުގައި ވޯޓުލުން ނިންމާލަން އޮތީ ހަވީރު 04 އަށެވެ. ސީދާ އެ ވަގުތައް ކިޔުތައް ބަންދު ކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް