އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ރާއްޖެ ދޫކޮށް ފުރައިގެން ދާން އުޅޭކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.
އެގޮތުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ރާއްޖެ ދޫކޮށް ފުރައިގެން ދާން އުޅޭކަމަށް ބުނެ ތާ އަބަދު ކެނޑިނޭޅި ދޮގު ފަތުރާ ނޫހަކުން ލިޔެފައިވާ ހަބަރަކީ އެބޭފުޅުންގެ ފިތުނަ ދޮލަނގަށް އިތުރުކުރި އައިޓަމެއް ކަމަށެވެ.
"ކަނޑައެޅިގެން ހުރި ރޯމަރު ބުހުތާނު ދޮގެއް" އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާންގެ އަދާލަތު ޕާޓީއަކީ މިހާރު އޮތް ސަރުކާރުގެ އަދި މި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އިއްތިހާދު ޕާޓްނަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް