މަނާވަގުތު ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ކެމްޕޭނު ނުކުރުމަށް އީސީން އިލްތިމާސްކުރޭ

ކެމްޕޭނު ކުރުން މަނާ ވަގުތުތަކުގައި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ކެމްޕޭނު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ. އެގޮތުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅ...

29 Sep 2023 | 16:32

ކެމްޕޭނު ކުރުން މަނާ ވަގުތުތަކުގައި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ކެމްޕޭނު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ތާއީދު ހޯދުމަށް މީހުންނަށް އެސްއެމްއެސް ފޮނުވުމާއި، ސޯޝަލް މީޑިއާގައި އެއްވެސް ވަސީލަތަކުން ނަމަވެސް ތާއީދު ހޯދުމަށް އެއްވެސް ކަމެއް ކުރުމަކީ އިންތިހާބީ ކުށެއް ކަމަށެވެ.

"ހުރިހާ ފަރާތްތަކުންވެސް ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަކީ ވާޖިބެއް" ހަބީބް ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕޭނު ކުރުމުގެ ވަގުތު މިއަދު އިރު އޮއްސި ހަޔަކުން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު ހަޔަކާއި ހަމައަށް މިހާރު ވަނީ ބަންދު ވެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް ސޯލިހްގެ ކެނޑިޑޭޓް ނަމްބަރަކީ 3 އެވެ. އަދި ޑރ. މުއިއްޒުގެ ކެނޑިޑޭޓް ނަމްބަރަކީ 4 އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް