ރިޔާސީ އިންތިހާބު ނިމެންދެން ފުލުހުންގެ އެލާޓް ލެވެލް އެންމެ މަތިކޮށްފިއެވެ.
ފުލުހުން ބުނީ، ރިޔާސީ އިންތިޚާބާ ގުޅިގެން އިއްޔެއިން ފެށިގެން އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި ނަތީޖާ އިއުލާނުކުރަން ދެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެލަރޓް ލެވަލް ވަނީ އެންމެ މަތީ ދަރަޖައަށް ބަދަލުކުރެވިފައި ވާކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށޭނީ މާދަމާ ހެނދުނު 8:00 ހައެވެ. އަދި ކިއޫ ބަންދު ކުރާނީ ހަވީރު 5:00 ގައެވެ. އޭގެ ފަހުން އޮންނާނީ ވޯޓު ގުނުމާއި ނަތީޖާ އިއުލާނު ކުރުމެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، އެކި ހާދިސާތަކުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފަހުން ވަނީ އެ އެންމެންވެސް ދޫކޮށްލާފައެވެ.
އިންތިހާބުގެ ދެވަނަބުރުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް