ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވާ އަދި ޖޭޕީންވެސް ވަކިވެ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި ޑރ. ޝާހް މާހިރު، ޑރ. މުއިއްޒަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
އޭނާ މިކަން ހާމަކުރެއްވި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޑރ. ޝާހް މާހިރު ވިދާޅުވެފައިވަނީ މިޤައުމުގެ ސިއްހީ ނިޒާމުވަނީ ބޮޑުތަނުން ރަނގަޅުކުރަންޖެހިފައި ކަމަށާއި ރައްޔިތުންނަށް މަންފާކުރަނިވި ވަށާޖެހޭ ސިއްހީ ނިޒާމެއް ޤާއިމްކުރަންކެރޭ، ތަސައްވުރު ރަނގަޅު ވެރިއަކު މިއަދު ނުހަނު ބޭނުންވާކަމަށެވެ.
"ސިއްހީނިޒާމު ރަނގަޅު ކުރެވޭނެ މެނިފެސްޓޯއެއް ގެންގުޅުއްވާ ޑރ. މުއިއްޒަށް އަޅުގަނޑު ތާއީދު ކުރަން" ޑރ. ޝާހް މާހިރު ވިދާޅުވެފައިވެއެވެ.
ޑރ. ޝާހް ޑރ. މުއިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕޭނު ފެށުނު އިރު ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާފައިވެއެވެ. އެއަށްފަހު 28 އޯގަސްޓްގައި ސަރުކާރު މަގާމާއި ޖޭޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް