ރިޔާސީ އިންތިހާބު 2023: މާލޭ ސަރަހައްދުގެ ރިސޯޓްތަކަށް އޮފިޝަލުންނާއި ކަރުދާސް ފޮނުވައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް މާލޭ ސަރަހައްދުގެ ރިސޯޓްތަކަށް އޮފިޝަލުންނާއި ވޯޓު ކަރުދާހާއި އަދި ވޯޓުލުމަށް ބޭނުންވާ ސާމާނު ފޮނުވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުގައި އެގޮތު...

29 Sep 2023 | 01:41

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް މާލޭ ސަރަހައްދުގެ ރިސޯޓްތަކަށް އޮފިޝަލުންނާއި ވޯޓު ކަރުދާހާއި އަދި ވޯޓުލުމަށް ބޭނުންވާ ސާމާނު ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުގައި އެގޮތުން މާލޭ ސަރަހައްދުގެ 26 ރަށަކަށް އޮފިޝަލުންނާއި ކަރުދާހާއި ސާމާނު މިއަދު ހެނދުނު 06:00 ހާއިރު ވަނީ ފޮނުވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ކުރިއަށްދާނެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާއްމު ކޮށްފައި ވާއިރު، ދެވަނަ ބުރުގައި އަލަށް ވޯޓު ލެވޭ 409 މީހުން އެބަތިބި ކަމަށް އީސީން ބުެއެވެ. އެހެންކަމުން ދެވަނަ ބުރުގައި ވޯޓު ލެވޭ ޖުމުލަ އާބާދީއަކީ 282804 އެވެ. އެއީ 138394 އަންހެނުންނާއި 144410 ފިރިހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް