އުރީދޫ ޕަބްޖީ ޑޭޓާ ޕެކް އަޅާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް

އުރީދޫގެ ޕަބްޖީ ޑޭޓާ އަޅާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފުކޮށްފި އެވެ. އުރީދޫއިން މައުލޫމާތުދޭގޮތުގައި މި އޮފާގައި ބައިވެވޭނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. މި އޮފާގައި ބައިވެރިވާ ...

29 Sep 2022 | 18:33

އުރީދޫގެ ޕަބްޖީ ޑޭޓާ އަޅާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފުކޮށްފި އެވެ.

އުރީދޫއިން މައުލޫމާތުދޭގޮތުގައި މި އޮފާގައި ބައިވެވޭނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. މި އޮފާގައި ބައިވެރިވާ ފަރާތްތަތުގެ ތެރެއިން ފަސް ބައިވެރިއެއް ހޮވާނެ އެވެ.

އުރީދޫއިން ބުނީ ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ވީއާރު ކެފޭއިން ހިލޭ ވީއާރު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ފުރުސަތު ލިބޭނީ އެއް ގަޑިއިރަށެވެ.

އުރީދޫ ޕަބްޖީ ޑޭޓާ ޕެކޭޖު 350 ރުފިޔާއަށް އެކްޓިވޭޓު ކުރުމުން 50 ޖީބީ ލިބޭނެ އެވެ.

މި އޮފާ އާއި ގުޅޭ އިތުރު މައުލޫމާތު އުރީދޫ އެޕުން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް