ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ "ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" ގެ ނަން "އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރެއްވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނެވީ 2022 ސެޕްޓެންބަރު 25 ވީ އާދިއްތަ ދުވަހުން ފެށިގެންނެވެ.
މި ބަދަލާއެކު، ދައުލަތުގެ އިދާރާތަކުން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީ/ނޯޓުގައި ޖައްސަވަމުން ގެންދަވާނީ ނަންބަރު 488 ކަމުގައި ހަމަޖައްސަވާފައިވާކަމުގައިވެސް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް