ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް އިސްތިއުފާދެއްވައިފި

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް ފިރާޒު މަގާމުން އިސްތިއުފާދެއްވައިފި އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށް ޓުވިޓާގައި ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަ...

29 Sep 2022 | 12:52

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް ފިރާޒު މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށް ޓުވިޓާގައި ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެކު ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި މިއަދުން ފެށީގެން މަގާމުން އިސްތިއުފާދޭ ކަމަށެވެ.

ފިރުޒުލް ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އޭނާ ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ފިނޭންސް މިނިސްޓްރީގައި އޭނާ ހުންނެވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބެލެހެއްޓެވުމުގަ އެވެ.

ފިރްޒުލް މީޑިއާގައި ވިދާޅުވީ އިސްތިއުފާދެއްވީ އަމިއްލަ ސަބަބަކާއި ގުޅިގެން ކަމަށެވެ. އަދި އިސްތިއުފާ ދެއްވިޔަސް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް