ކޫއްޑޫގައި އިމާރާތެއްގެ ޓިނު ބަދަލު ކުރަން އުޅުނު ބިދޭސީއަކު ވެއްޓި ވެންޓިލޭޓަރުގައި

ގއ. ކޫއްޑޫގައި އިމާރާތެއްގެ ޓިނު ބަދަލު ކުރަން އުޅުނު ބިދޭސީއެއް ވެއްޓި ލިބުނު ސީރިއަސް ަޒަހަމްތަކާއި ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އެބަދެ އެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ. އެމީހާ އ...

29 Sep 2022 | 08:38

ގއ. ކޫއްޑޫގައި އިމާރާތެއްގެ ޓިނު ބަދަލު ކުރަން އުޅުނު ބިދޭސީއެއް ވެއްޓި ލިބުނު ސީރިއަސް ަޒަހަމްތަކާއި ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އެބަދެ އެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ. އެމީހާ އުޅުނީ މިފްކޯގެ އިމާރާތެއްގެ ޓިނު ބަދަލު ކުރާށެވެ.

އެމީހާއަށް ފަރުވާ ދެމުންދާ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނީ އެމީހާ އެތަނަށް ފަރުވާއަށް ގެންދިޔައީ ހެނދުނު8:30 ހާއިރު ކަމަށެވެ. އެއީ އުމުރުން41 އަހަރުގެ މީހެއް ކަމަށް މައުލޫމާތުދެ އެވެ.

އެމީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ނޭނގެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ބިދޭސީ މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް