ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ދ. ކުޑަހުވަދޫއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
ޕީޕީއެމްއިން ބުނީ އެ ދަތުރުފުޅުގައި ޔާމީން ފުރާވަޑައިގެންނަވާނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. ޕީޕީއެމްއިން އާންމު ކުރަމުންދާ ފޮޓޯތަކުގައި އެ ރަށު ޕީޕީއެމް ސަޕޯޓަރުން ދަނީ ޔާމީނަށް މަރުހަބާ ކިޔުމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.
މިދަތުރުފުޅުގައި ކުޑަހުވަދޫގައި ތިބި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުންނާއި ރައީސް ޔާމިން ބައްދަލު ކުރައްވާނެ އެވެ. އަދި ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ހިންގޭ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އަލަށް ޕާޓީ އާއި ގުޅޭ މެމްބަރުންނާއި ބައްދަލު ކުރައްވާނެ އެވެ.
ޕީޕީއެމްއިން ބުނީ މި ހަރަކާތްތަކަށް ފަހު މިރޭ އެ ރަށުގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ޔާމީން އަތޮޅުތެރެއަށް ދަތުރުފުޅެއް މިކުރައްވަނީ ދެ މަހެއްހާ ދުވަސް ފަހުންނެވެ. އެންމެ ފަހުން އެމަނިކުފާނު އަތޮޅުތެރެއަށް ދަތުރު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެ ރަށަށެވެ.
ޕީޕީއެމްއިން ވަނީ އެ ޕާޓީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުގެ ގޮތުގައި ޔާމީން ކަނޑައަޅުއްވާފަ އެވެ. މިއީ އޭގެ ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް