އިނިގރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރު ލިވަޕޫލް އާއި ނެދަލެންޑްސްގެ ޑިފެންޑަރ ވާގިލް ވެންޑައިކް އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންދަރެއް ނޫން ކަމަށް ބްރެޒިލްއާއި ޓޮޓެންހަމް ފޯވަޑް ރިޗަލިސަން ބުނެފިއެވެ.
ރިޗަލިސަން ބުނީ ބުނީ ވެންޑައިކް އަކީ ވަރަށް ގިނަ ބަޔަކާއި އަޅައިގަނެފައި ހުންނަ ޑިފެންދަރެއް ކަމަށާއި އެހެން ކަމުން ވެންޑައިކް ގެ ސަބަބުން ގިނަ ބަޔަކު ލިވަޕޫލް ދެކެ ރުޅިއަންނަ ކަމަށެވެ.
ވެންޑައިކް އަކީ ބަޔަކަށް އެންމެ މޮޅު ޑިފެންޑަރ ކަމަށް ހީވި ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ވެންޑައިކް އަކީ ދުނިޔޭގެ އެންމެ މޮޅު ޑިފެންދަރ ކަމަށް ގަބޫލު ނުކުރާކަމަށެވެ. އަދި ސާޖިއޯ ރާމޯސް އާއި ތިއާގޯ ސިލްވަރ އަދި މާކީނިއޯސް އަކީ ވެންޑައިކަށް ވުރެ މޮޅެތި ޑިފެންޑަރުން ކަމަށް ވެސް ރިޗަލިސަން ބުންޏެވެ.
"އިންގްލެންޑްގެ އެންމެން ލިވަޕޫލަށް ނަފްރަތު ކުރަނީ ވެންޑައިކްގެ ސަބަބުން. ވެންޑައިކް ހުންނަނީ ގިނަ ކުޅުންތެރިންނާއި އަޅައިގަނެފަ. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރެއް ނޫން. ތިއާގޯ ސިލްވާ، މާކިންހޯސް އަދި ސާޖިއޯ ރާމޯސް ވެސް އޭނާއަށް ވުރެ މޮޅު." ރިޗަލިސަން ބުންޏެވެ.
ރިޗަލިޝަން އަކީ ވެންޑައިކް އާއި މާ ގަޔާވާ ކުޅުންތެރިއެއް ނޫން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ރިޗަލިސަން އެވަޓަން އަށް ކުޅުނު އިރު، ލިވަޕޫލާއި ދެކޮޅަށް ކުޅޭ ކޮންމެ މެޗެއްގައިވެސް މި ދެކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހިނގާކަމަށް ވެއެވެ. އެހެން ވެ ރިޗަލިސަން އެންމެ ރުޅި އަންނަ އަދި ގަޔާނުވާ އެއް ކުޅުންތެރިއަކީ ވާޖިލް ވެންޑައިކް ކަމަށް ވެއެވެ.
ރިޗަލިސަން މިހާރު ކުޅެމުން އަންނަނީ ޓޮޓެންހަމްއަށެވެ. ނިމިގެން ދި ސީޒަނުގައި އޭނާ ކުޅެފައިވަނީ އެވަޓަން އަށެވެ. ހަތަރު ސީޒަން އެވަޓަންގައި ހޭދަކުރުމަށް ފަހު ރިޗަލިސަން ޓޮޓެހްމަމަށް ބަދަލުވީ މި ސީޒަނަށެވެ. އޭނާ ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން އަށް މެޗުގައި ދެ ލަނޑު ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް