ވީއައިއޭގެ އާ ރަންވޭ ބޭނުން ކުރަން ފެށުން އަންނަ މަހު ހައެއްގައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގުެ އާ ރަންވޭ އަންނަ މަހު ހަ ވަނަ ދުވަހު ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. ވީއައިއޭގެ އާ ރަންވޭއަކީ ކުރ...

29 Sep 2022 | 06:46

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގުެ އާ ރަންވޭ އަންނަ މަހު ހަ ވަނަ ދުވަހު ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވީއައިއޭގެ އާ ރަންވޭއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅާ ނިންމި ތަނެކެވެ. އެތަން ރަސްމީކޮށް ހުޅުވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި2018 ވަނަ އަހަރުގެ ސެޕްޓެމްބަރު18 ވަނަ ދުވަހު އެވެ.

އެމްއޭސީއެލްއިން ބުނީ މިހާތަނަށް ބޭނުން ކޮށްފައި ނުވާ ރަންވޭ ހަވަ ދުވަހުން ފެށިގެން ބޭނުން ކުރަން ފަށާނެ ކަމަށެވެ. އަދި ހަމަ އެ ދުވަހު ސީ ޕްލޭން ޓާމިނަލް ވެސް ރަސްމީކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް