ޕާކިސްތާނުގައި އަނެއްކާވެސް ޗައިނާ މީހަކު މަރާލައިފި އެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ޗައިނާ މީހުން މެރުން މިދިޔަ ދެތިން އަހަރުގެ ތެރޭގައި ވަނީ އިތުރުވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިފަހަރުގެ ހަމަލާގައި މަރާލީ ކަރާޗީގައި ހިންގާ ދަތުގެ ކްލިނިކެއްގައި މަސައްކަތް ކުރާ އެސިސްޓެންޓެކެވެ. އެ ކްލިނިކަކީ ޗައިނާ ދެމަފިރިއަކު އެ ސިޓީގައި ހިންގާތާ40 އަހަރު ވެފައިވާ ކްލިނިކެކެވެ.
މި ކްލިނިކް ހިންގަނީ އުމުރުން74 އަހަރުގެ ޗައިނާ ފިރިހެނަކާއި އޭނާގެ72 އަހަރުގެ އަންހެނުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ހަމަލާ އަމާޒު ކުރީ އެ ތިން މީހުންނަށް ނަމަވެސް މަރުވީ އެސިސްޓެންޓު އެކަންޏެވެ.
އެކަމަކު އެ ދެމަފިރިންވެސް ޒަހަމްވެފައިވެ އެވެ.
އިއްޔެ ހިނގި މި ހާދިސާގައި އެމީހާ ހަމަލާދީފައިވަނީ ވަރަށް ރޭވުންތެރިކަމާއި އެކު ޕާކިސްތާނު މީހަކަށް އަނިޔާ ނުލިބޭ ގޮތަށް ކަމަށްވެ އެވެ.
މި ހަމަލާ ދީފައިވަނީ 30 ގެ އަހަރުތަކުގެ މީހެއް ކަމަށާއި އެމީހާ ދެނެގަނެވިފައިވާ ކަމަށް ކަރާޗީ ފުލުހުން ބުނެފައިވެ އެވެ. އެމީހާ ފިލާފައިވަނީ ސައިކަލެއްގެ ފަހަތަށް އަރައިގެން ނެވެ.
މިއީ ޗައިނާ މީހުންނަށް ޕާކިސްތާނުގައި ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އޭޕްރިލް މަހު ވަނީ ޗައިނާ ބަސް ދަސްކޮށްދޭ ޓީޗަރުންތަކަކށް ޖާނުން ފިދާވެގެން ހަމަލާދީ މަރާލާފައިވެ އެވެ. ޗައިނާ މީހުންނަށް އަމާޒުކޮށް ހަމަލާ ދެމުންދަނީ އެމީހުންގެ އާދަކާދަ އާއި ސަގާފަތް އަދި އެއްވެސް ދީނަކަށް ތަބާނުވާ އުސޫލުތައް ޗައިނާ ބަސް ކިޔަވައިދޭ ޓީޗަރުން އުނގަންނައިދޭން މަސައްކަތް ކުރާ ކަމަށްބުނެ އެވެ.
ހައްދަު ފަހަނައަޅާފައިވާ ޖަމާއަތްތަކުން މިހަމަލާތައް ދެމުންދާއިރު އެމީހުންދަނީ ޗައިނާ އާއި ގުޅިގެން ގައުމު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހުއްޓާލުމަށް ގޮވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް