ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ޒުވާން ޑިފެންޑަރ ޑިއޯގޯ ޑަލޮޓް ހޯދުމަށް ޔޫރަޕުގެ ގިނަ ކުލަބުތަކަކުން ޝައުގުވެރިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ފަހަކަށް އައިސް ޔުނައިޓެޑުގައާއި ޕޯޗުގަލްގެ ގައުމީޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑަލޮޓް ހޯދުމަށް ޔޫރަޕުގެ ބޮޑެތި ގިނަ ކުލަބުތަކަކުން ޝައުގުވެރިވާއިރު، އޭގެ ތެރޭގައި އިޓަލީގެ ޔުވެންޓަސް، އޭސީ މިލާން، ބާސެލޯނާ، އެތްލެޓިކޯ މެޑްރިޑް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މިހާރު އުމުރުން 23 އަހަރުގެ ޑަލޮޓް ހޯދުމަށް ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބުތަކަކުން މަސައްކަތް ކުރި ނަމަވެސް އޭނާ ބޭނުންވަނީ ޔުނައިޓެޑުގައި މަޑުކުރާށެވެ. އެގޮތުން އެ ކުލަބުން އައު އެއްބަސްވުމެއް ލިބި އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ޑަލޮޓް މިވަގުތު އެންމެ ބޭނުންވާ ގޮތެވެ. އެހެން ކަމުން މި ސީޒނުގެ ލިޔަލަށް ދަލޮޓް ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނައިރު، އިތުރު އެއްބަސްވުމެއް ކުލަބުން ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ދަލޮޓް ބުނެއެވެ.
ދަލޮޓް އެންމެ ފުރަތަމަ ޔުނައިޓެޑާއި ގުޅުނީ އޮލެގަނަ ސޮލްޝެއަރގެ ކޯޗުކަމުގައި 2018 ވަނަ އަހަރު ޕޯޗުގަލްގެ ޕޯޓޯއިންނެވެ. ޕޯޗުގަލްގެ ޕޯޓީއިން 2018 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުނު ނަމަވެސް އޭރު ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ލިބުން ދައްޗެވެ. އޭރު ރަނގަޅު ކުޅުމެއް ނުދެއްކޭތީ ޔުނައިޓެޑުން ލޯނެއްގެ ދަށުން ޑަލޮޓް އިޓަލީގެ އޭސީ މިލާނަށް ދޫކޮށްލިއެވެ. އޭސީ މިލާނަށް ލޯނުއުސޫލުން 2020 ވަނަ އަހަރު ބަދަލުވުމަށް ފަހު އަލުން އެނބުރި ޔުނައިޓެޑާއި ގުޅުނީ މި ސީޒަނަށެވެ. މިފަހަރުގެ ސީޒަނަށް ޔުނައިޓެޑަށް ބަދަލުވެ އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
އަދި ފަހަކަށް އައިސް ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޤަވައިދުން ދަލޮޓް އަންނަނީ ފުރުސަތު ހޯދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް