ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް އަލުން ފަށާނެކަން ހާމަކޮށްފި އެވެ.
އެ އެއަރލައިނުން ހާމަކުރި ގޮތުގައި ލަންޑަނުގެ ހީތުރޯ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރާ މިދަތުރުތައް އަލުން ފަށާނީ އަންނަ އޮކްޓޯބަރ މަހުގެ 14 ގަ އެވެ. އަދި ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު ހަތަރު ފްލައިޓް ބާއްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެހެންނަމަވެސް އޮކްޓޯބަރ މަހުގެ 30 އިން ފެށިގެން ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް