ގދ. މަޑަވެލީ މަސް ދޯންޏަކުން އެއް ދުވަހާއި57 ޓަނުގެ މަސް ކިރުވައިގެން ރެކޯޑެއް ހަދައިފި އެވެ.
"ޓީއެސް ލައިން" ނަމަކަށް ކިޔާ މި ދޯނި އިއްޔެ 57.152 ޓަނުގެ މަސް ކިރުވީ ކޫއްޑޫއަށެވެ. އެ މަހުގެ އަގުގެ ގޮތުގައި 971،584 ރުފިޔާ އެ ކުންފުންޏަސް މިފްކޯއިން ވަނީ ހަވާޅުކޮށްފައި އެވެ.
އެ ދޯނިން މަސް ކިރުވި ވަރު ހާމަ ކުރީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދޯނިން މިހާ ގިނަ އަދަދެއްގެ މަސް ކިރުވީ ދެކުނުގެ މޫސުން އެންމެ ރަނގަޅު ނޫން ދުވަސްވަރެއްގަ އެވެ.
ފައުޒީ ވަނީ ދޯނީގެ ފަޅުވެރިން ކރި މަސައްކަތަށް ސާބަސް ދަންނަވާފަ އެވެ.
އޭނާ ވިދާޅުވީ "ޓީއެސް ލައިން" އަކީ އެންމެ ގިނަ އަދަދަކަށް މިފްކޯ އަށް މިދިޔަ އަހަރު މަސްކިރުވި ދޯނި ވެސް ކަމަށެވެ. އެއީ 1095.805 ޓަނުގެ މަސް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
https://twitter.com/mifcomv/status/1575331228323938305
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް