ސައުދީ ޔުނިވާސިޓިތަކުގައި ޔޯގާ ހަރަކާތްތައް ފަށައިފި

ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީތަކުގައި ޔޯގާ ތައާރަފު ކޮށްފި އެވެ. މި ހަރަކާތް ޔުނިވާސިޓީތަކުގައި ތައާރަފު ކުރީ އެ ގައުމުގެ ޔޯގާ ކޮމިޓީ އާއި ސައުދީ ޔުނިވާސިޓީސް ސްޕޯޓްސް ފެޑެރޭޝަން ގުޅިގެންނެވެ. ޔޯގާ ހ...

29 Sep 2022 | 03:49

ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީތަކުގައި ޔޯގާ ތައާރަފު ކޮށްފި އެވެ.

މި ހަރަކާތް ޔުނިވާސިޓީތަކުގައި ތައާރަފު ކުރީ އެ ގައުމުގެ ޔޯގާ ކޮމިޓީ އާއި ސައުދީ ޔުނިވާސިޓީސް ސްޕޯޓްސް ފެޑެރޭޝަން ގުޅިގެންނެވެ. ޔޯގާ ހަރަކާތްތައް ފެށުމުގެ ގޮތުން އިއްޔެ ވަނީ އެ ގައުމުގެ ހުރިހާ ޔުނިވާސިޓީތަކެއްގައި އެކަމަށް ކަނޑައަޅާފައިވާ މަންދޫބުންނަށް ހާއްސަކޮށް ވާޗުއަލް ލެކްޗާއެއް ފަށާފައި އެވެ.

މި ބައްދަލުވުން ފަށާފައިވަނީ ސައުދީއަށް ޔޯގާ ތައާރަފުކޮށް ކުރިއެރުވުމަށް އެހީތެރިވާ އިންޑިއާގެ އޭޝިއަން ޔޮގާސަނާ ސްޕޯޓްސް ފެޑަރޭޝަންގެ ޓީމަކުން އެ ގައުމަށް ދިއުމުންނެވެ. އެ ޓީމުން ސައުދީގެ ފުރަތަމަ ޔޯގާ ރެފްރީންގެ ބެޓު ޓްރެއިން ކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.

މިހާރު ފެށިފައިވާ އޮންލައިން ބައްދަލުވުންތަކުގައި ސަގާފީ ޔޯގާ އާއި ޔުނިވާސިޓީތަކުގައި ކުޅިވަރެއްގެ ގޮތުގައި ޔޯގާ ކުރިޔަށް ގެންދާނެ ގޮތް ދަސްކޮށްދޭނެ އެވެ. އަދި ޔުނިވާސިޓީތަކުގައި ޔޮގާސަމާ ވާދަވެރި މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ގޮތްވެސް ދަސްކޮށްދޭނެ އެވެ.

މީގެ އިތުރުން ދަރިވަރުން ޔޯގާއަށް ޝައުގުވެރި ކުރުވާނެ އުކުޅުތައް ބުނެދޭނެ ކަމަށް ސައުދީ ޔޯގާ ކޮމިޓީން މީޑިއާގައި ބުނެފައިވެ އެވެ.

އެ ކޮމިޓީގެ ރައީސް ނޮއުފް އަލް މަރްވާއީ ވިދާޅުވީ އެމީހުންގެ މަގުސަދަކީ ސައުދީގެ ބޮޑު ސަރަހައްދަކަށް ޔޯގާ ތައާރަފުކޮށް މީހުން ޝައުގުވެރި ކުރުވުން ކަމަށެވެ. އޭގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށްވެސް ކުރިއެރުން ލިބޭނެ ކަމަށާއި ސިކުނޑި ތަނަވެސްވެ، ވިސްނުންތަކާއި ދުރުވެ ކިޔެވުމަށް ޝައުގުވެރިކަން އުފެއްދުމަށް ޔޯގާ އެހީތެރިވެދޭނެ ކަމަށެވެ.

ޔުނިވާސިޓިތަކުގައި ކުރިޔަށް ގެންދާ ޔޯގާ ހަރަކާތްތަކުގައި ދެ ޖިންސުގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ ކަމަށް ސައުދީ ޔޯގާ ކޮމިޓީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް