ކަރާ ޝިޕްމަންޓެއްގައި ސައުދީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގެންފި

ކަރާ ޝިޕްމަންޓެއްގައި، ކަރާތަކުގެ ތެރޭގައި ރައްކާކޮށްގެން ސައޫދީ އަރަބިއްޔާގެ ރިޔާދަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގެންފިއެވެ. މި މައްސަލައިގާ ފަސް މީހަކު އިއްޔެ އަތުލައިގެންފައި...

29 Sep 2022 | 01:16

ކަރާ ޝިޕްމަންޓެއްގައި، ކަރާތަކުގެ ތެރޭގައި ރައްކާކޮށްގެން ސައޫދީ އަރަބިއްޔާގެ ރިޔާދަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގެންފިއެވެ.

މި މައްސަލައިގާ ފަސް މީހަކު އިއްޔެ އަތުލައިގެންފައިވާއިރު އެމީހުން އެތެރެކުރަން އުޅުނީ ޕާޓީ ޑްރަގްސްގެ ބާވަތެއްކަމުގައިވާ އެމްފެޓަމިން ގުޅަ ތަކެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އެ ކަރާ ޝިޕްމަންޓް ބަލާ ފާސްކުރިކުރުމުން 765،000 އަށްވުރެ ގިނަ ގުޅަ އެމްފެޓަމިން ފެނިފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ސޫރިޔާއަށް ނިސްބަތްވާ ތިން މީހަކާއި ސައޫދީއަށް ނިސްބަތްވާ ދެމީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް