މާއުނގޫދޫ އާއި ނިލަންދޫ މޮނިޓަރިންގ އަށް

ށ. މާއުނގޫދޫ އާއި ފ. ނިލަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާއުނގޫދޫ މޮނިޓަރިންގ އަށް ލީ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވް ވުމުން ނެވެ. އަދި ނިލަންދޫ އިން ...

29 Sep 2021 | 18:28

ށ. މާއުނގޫދޫ އާއި ފ. ނިލަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާއުނގޫދޫ މޮނިޓަރިންގ އަށް ލީ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވް ވުމުން ނެވެ. އަދި ނިލަންދޫ އިން ވަނީ ފްލޫ ކްލިނިކަށް ދެއްކި ފަސް މީހުން ޕޮޒިޓިވް ވެފަ އެވެ.

މި ދެރަށާއެކު ޖުމްލަ 13 ރަށެއް ވަނީ މޮނިޓަރިންގ އަށް ލާފަ އެވެ.

އޭގެ ތެރޭގައި މިދިޔަ މަހުން ފެށިގެން މޮނިޓަރިންގ އަށް ލާފައިވަނީ ކ.ގާފަރު، ސ، މަރަދޫ ފޭދޫ، ސ. ފޭދޫ، ސ. މަރަދޫ އަދި ސ. ހިތަދޫ އެވެ. އަދި މިމަހު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތީ 8 ރަށެކެވެ.

އެއީ ސ. ހުޅުމީދޫ، ގއ. ގެމަނަފުށި، ގއ. މާމެންދޫ، ތ. ދިޔަމިގިލި، ގއ. ވިލިންގިލި، ގއ. ކޮލަމާފުށި، ށ. މާއުނގުދޫ އަދި ފ. ނިލަންދޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް