ހުޅުމާލޭ ދާއިރާގެ މެންބަރު ނިޔާޒް ހޮސްޕިޓަލްގައި އެނދުމަތިކޮށް ފަރުވާދޭން ފަށައިފި

ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ. މެމްބަރު ނިޔާޒް ހޮސްޕިޓަލްގައި އެނދުމަތ...

29 Sep 2021 | 18:17

ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

މެމްބަރު ނިޔާޒް ހޮސްޕިޓަލްގައި އެނދުމަތި ކޮށްފައިވާކަން ރައްޔިތުން މަޖިލީހުގެ މެންބަރަކު ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

ނަމަވެސް އެނދުމަތި ކުރި ސީދާ ސަބަބެއް ނުވަތަ ފަރުވާ ދެނީ ކޮން ކަމަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

އަލީ ނިޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެކެވެ. އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަން ވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް