މިރޭ 11 އިން ދަންވަރު 3 ޖަހަންދެން މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފެން ކަނޑާލަނީ މާލޭ ސިޓީ ކައުންސިލުގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތް ކުރުމަށް ކަމަށެވެ.
އެގޮތުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅައިލުމުގެ މަސައްކަތް އެވަގުތުގައި ކުރާނެ ކަމަަށް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތް ކުރުމަށް ފެން ކަނޑާލާ ސަރަހައްދުތަކަކީ ސަނދުބަރަކާ ގޯޅިއާއި ކަސްތޫރިމަގާއި ދެމެދުން، ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުންނާއި އަމީރު އަހުމަދު މަގާއިި ވައިލެޓްމަގާއި ދެމެދުން ސީސަންމަގާއި ދުނބުރި މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ނެވެ.
ފެނުގެ ޚިދުމަތް ކަނޑާލާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަަށް އެދިފަ އެވެ.
https://twitter.com/MWSC_Official/status/1443223140541231105
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް