އަތޮޅުތަކުން 108 މީހުންނާއެކު 141 މީހުން ޕޮޒިޓިވް ވެއްޖެ

ފާއތުވި 24 ގަޑި އިރު، ިއަތޮޅުތަކުން 108 މީހުންނާއެކު 141 މީހުން ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވީ މާލެ ...

29 Sep 2021 | 17:41

ފާއތުވި 24 ގަޑި އިރު، ިއަތޮޅުތަކުން 108 މީހުންނާއެކު 141 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން 29 މީހަކާއި އަތޮޅުތެރެއިން 108 މީހަކާއި ރިސޯޓުތަކުން ހަތަރު މީހުން ކަމަށެވެ.

މިއާއެކު ރާއްޖެއިން 84،720 މީހުން ވަނީ މިހައިތަނަށް ޕޮޒިޓިވް ވެފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 106 މީހުން މިބަލިން ރަނގަޅުވެފައިވާ އިރު، ރާއްޖެއިން މިބަލީގައި ފަރުވާހޯދަމުންދިޔަ 82،875 މީހުން ވަނީ ރަނގަޅޫވެފަ އެވެ.

ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 1،601 މީހުން ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ. އަދި އެޑްމިޓްކޮށްގެން 19 މީހަކަށް އަންނަނީ ފަރުވާ ދެމުން ނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 231 މީހަކު ވަނީ މަރުވެފަ އެވެ. އެއީ 214 ދިވެހީންނާއި 17 ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް