ޝިފާގެ ހާލު އަންނަނީ ރަނގަޅުވަމުން، އެކަމަކު އަދިވެސް އޮތީ ހޮސްޕިޓަލުގަ

ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށާއި އެކަމަކު އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށް އޭނާގެ ގާތް އެކުވެރިއަކު ބުނެފި އެވެ. ދުވަސްއެމްވީއަށް އޭނާ ބުނީ ޝިފާއަށް މަޑުމަޑުން އަނ...

29 Sep 2021 | 16:58

ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށާއި އެކަމަކު އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށް އޭނާގެ ގާތް އެކުވެރިއަކު ބުނެފި އެވެ.

ދުވަސްއެމްވީއަށް އޭނާ ބުނީ ޝިފާއަށް މަޑުމަޑުން އަންނަނީ "ޝިފާ ލިބެމުން" ކަމަށާއި ފެންނަފެނުމަށް މިހާރު ވަރަށްބޮޑުތަން ރަނގަޅު ކަމަށެވެ.

"ބޮޑަށް މިހާރުހީވަނީ، ޑޮކްޓަރުން ބަލަންޖެހޭ ކަންކަން ބަލަން ކަމަށް ބާއްވާފަ އޮތީ. އުއްމީދު ކުރަނީ ވީހާވެސް އަވަހަކަށް ދޫކޮށްލާނެ ކަމަށް." އޭނާ ބުންޏެވެ.

ޓިކްޓޮކް ތަރި މަރިޔަމް ޝިފާ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.  އަދި އޭނާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޝިފާ ވަނީ ނެށުމުގެ ދާއިރާ އާއި ބައެއް ފިލްމްތަކާއި ޑްރާމާ އަދި ބައެއް ލަވަތަކުން ގިނަ ބައެއްގެ ހިތް ދަމައިގެންފަ އެވެ. އަދި އިޝްތިހާރުތަކާއި ބައެއް ޕްރޮގްރާމްތަކުން ވެސް މީހުންގެ މަގުބޫލުކަން ވަނީ ހޯދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް