ޕާކިސްތާނުގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަހުސަން މުހުސިން އިކްރާމާއި މިނާލް ހާން ކައިވެންޏަށް ފަހު ހަނީމޫން ހޭދަ ކުރަމުންދަނީ ރާއްޖޭގައި އެވެ.
ދެމަފިރިން ރާއްޖެ އައީ އިއްޔެ އެވެ. ޗުއްޓީ ހޭދަކުރަމުން ދަނީ ޅ. އަތޮޅު ހުރަވަޅި ރިސޯޓުގައި އެވެ.
އަހުސަން އާއި މިނާލް ދަނީ ހަނީމޫންގެ މަޖާގަނޑު އެންމެ ތަންކޮޅެއްވެސް އުނިނުކޮށް ސަޕޯޓަރުންނާއި އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. އެގޮތުން ޕާކިސްތާނުން ރާއްޖެ އަންނަން ދަތުރުފެށިި ހިސާބުން ފްލައިޓާއި އެއާޕޯޓުގެ އިތުރުން ލޯންޗު ދަތުރާއި ރިސޯޓުގައި ހޭދަ ކުރަމުންދާ ހުރިހާ ތަޖުރިބާއެއްގެ މަންޒަރުތައްވެސް ހިއްސާކޮށްފައިވެ އެވެ.
އޭގެ ތެރެއިން މިނާލް މިއަދު އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ފެންނަނީ ރޫމްގެ ބޭރުގައި ގޮނޑިއެއްގައި އަހުސަން އޮށޯވެލައިގެން އޮންނަތަނެވެ.
އެ ފޮޓޯ ޕޯސްޓުކޮށް މިނާލް ބުނެފައިވަނީ އަހުސަންގެ ކަމަކީ މޫދު ކުޅިވަރުގެ ތެރެއިން އޭނާ ބިރު ގަންނުވުން ކަމަށެވެ. އަދި އެކަން ކުރަނީ އެކި ގޮތްގޮތަށް ކަން ކުރާނެ ގޮތް ވިސްނައިގެން ކަމަށެވެ.
https://www.instagram.com/p/CUZ8fwuPMe2/
މަނާލްގެ ބުނެފައިވާގޮތުގައި ފުރަތަމަ ދުވަހުވެސް ދެމީހުން ރާއްޖޭގެ ވެއްޔާއި މޫދަށް ފިޓުވެފައިވާ ކަމަށެވެ. އަދި އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުންދާ ކަމަށް ބުންޏެވެ.
މި ދެ ތަރިން ކައިވެނި ކުރީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެމީހުން ކައިވެނި ކުލަގަދަކޮށް ފާހަގަ ކުރުމަށް ތަފާތު 10 ރަސްމިއްޔާތު ބާއްވާފައިވެ އެވެ.
މިއީ ޕާކިސްތާނުގައި މަޝްހޫރު ފަންނާނުން ކުރި ކައިވެނީގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރު ކުރި ކައިވެންޏެއް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް