ހިޔާ ފްލެޓު ލިބުނު ފަރާތްތަކުން އެފަރާތްތަކުގެ ފްލެޓުގެ ކަރަންޓު ޚިދުމަތަށް އެދެވޭނެ ލުއި ފަސޭހަ ގޮތެއް ސްޓެލްކޯ އިން ހަދައިދީފި އެވެ.
ސްޓެލްކޯ އިން ބުނީ ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެ ކުންފުނީގެ ޚިދުމަތައް ރަޖިސްޓަރ ކުރުމަށްފަހު، އެކި ސަބަބުތަކާއި ހެދި ކަނެކްޝަން ނުލިބިވާ ފަރާތްތަކަށް އޮންލައިންކޮށް މިހާރުއެދެވޭނެ ކަމަށެވެ.
"ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިކުންފުނީގެ ހިދުމަތައް ރަޖިސްޓަރ ކުރުމަށްފަހު، އެކި ސަބަބުތަކާއި ހެދި ކަނެކްޝަން ނުލިބިވާ ފަރާތްތަކަށް ތިރީގައިވާ ލިންކު ބޭނުން ކުރައްވައިގެން ކަނެކްޝަނަށް އެދިލެއްވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި!" ސްޓެލްކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.
https://twitter.com/STELCOMALDIVES/status/1443158625413783555
އެ ކުންފުނިން ބުނެފައިވަނީ 6720 ފްލެޓުގެ ތެރެއިން ކަރަންޓުގެ ޚިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 ފަރާތަކުން ކަމަށެވެ. އަދި އޭގެ ތެރެއިން އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ 5828 ފަރާތަކުން ކަމަށެވެ.
އެއީ ކަނެކްޝަނަށް އެދުނު ފަރާތްތަކުގެ 95 އިންސައްތަ ކަމަށާއި އެގްރީމަންޓު ހަދާފައިވާ މީހުންގެ 5 އިންސަްތަ މީހުން އެކިއެކި ސަބަބުތަކާ ހެދި ހާޒިރު ވެވިފައި ނުވާތީ ކަނެކްޝަން ދެވިފައިނުވާ ކަމަށް ވެސް ބުންޏެވެ. އަދި އެއީ 280 މީހުން ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް