74 ކައުންސިލަށް ސެކްރަޓަރީ ޖެނެރަލުން ހޯދުމަށް އަނެއްކާ ވެސް އިއުލާނުކޮށްފި

ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ސެކްރަޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް މީހުުން ނުލިބުމުން އަނެއްކާވެސް އިއުލާނުކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެސްޖީން ހޯދުމަށް އިއުލާނުކޮށްފައިވ...

29 Sep 2021 | 15:00

ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ސެކްރަޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް މީހުުން ނުލިބުމުން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެސްޖީން ހޯދުމަށް އިއުލާނުކޮށްފައިވަނީ 74 ރަށެއްގައެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130ރ. އެވެ. އެ މަގާމަށް އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ. ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.

https://twitter.com/cscmaldives/status/1443072438309306368

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް