މެލޭޝިޔާގެ ޔުނިވަރސިޓީއަކުން އެމްއައިޔޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ އާއެކު މެލޭޝިޔާގެ ޔުނިވަރސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯ އާއެކު މެމަރޮންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޔުނި...

29 Sep 2021 | 13:33

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ އާއެކު މެލޭޝިޔާގެ ޔުނިވަރސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯ އާއެކު މެމަރޮންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަސިޓީގެ ދެމެދުގައި އެކި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. ވަކިން ޚާއްސަކޮށް ޢިލްމީ ކަންކަމާއި، ތަމްރީނާއި ދިރާސާތައް ކުރުމުގެ ދާއިރާގައި އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ. އަދި މި އެއްބަސްވުމުގައި އެހީީތެރިކަން ފޯރުކޮށްދޭނެ ދާއިރާތައްވެސް ކަނޑައަޅާފައިވެއެވެ.

މިގޮތުން އިސްލާމިކް ބޭންކް އެންޑް ފައިނޭންސިންގ އަދި ސޯޝަލް ފައިނޭންސްގެ ދާއިރާއިން އެކި އެކި ސެމިނަރތަކާއި ވެބިނާތަކާއި އަދި ކޮންފެރެެންސް ބައްދަލުވުންތައް ބޭއްވިގެންދާނެ އެވެ. އަދި އެ ދާއިރާތަކުން އެކިއެކި ރިސަރޗު ހަރަކާތްތައް ހިންގުމަށާއި މި ދާއިރާ އިތުރަށް ފުޅާވެ، ކުރިއެރުވުމަށް މަގުފަހިކުރުން ވެސް ހިމެނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރުމުއްދަތުގެ ކޯސްތައް ހިންގުމަށާއިި މޯބައިލިޓީ ޕްރޮގްރާމްސްތައް ހިންގުމަށް ނިންމާފައިވާ އިރު، އެކި އެކި ދިރާސާތަކާއި ރިޕޯޓްސް އަދި މަޢުލޫމާތު ފޯރުކޮށްދިނުމާއި އެކަޑެމިކް ފަރާތްތަކަށް ވަޒީފާއާއި ގުޅުން ހުރި ތަމްރީނުދިނުމަށް ވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވާނެ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. މެލޭޝިޔާގެ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވަސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑަޓޯ ޑރ. އަބް ހަލީމް ބިން ތަމުރީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް