މިހާ ތަނަށް މީހުން ބިނާކުރުމަށް އެންމެ ބޮޑު ހޭދައެއްކުރީ މިސަރުކާރުން: ޑރ. ހަސަން

ދިވެހިރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް މީހުން، ބިނާކުރުމަށާއި، މަތީ ތައުލީމް އުގަންނައި ދިނުމަށް ނުކުރާވަރުގެ ބޮޑެތި ހޭދަތަކެއް މިސަރުކާރަށް މިވީ ކުރު މުއްދަތުގައި ކޮށްފައިވާކަމަށް މިނިސްޓަރ އޮފް ހ...

29 Sep 2021 | 10:54

ދިވެހިރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް މީހުން، ބިނާކުރުމަށާއި، މަތީ ތައުލީމް އުގަންނައި ދިނުމަށް ނުކުރާވަރުގެ ބޮޑެތި ހޭދަތަކެއް މިސަރުކާރަށް މިވީ ކުރު މުއްދަތުގައި ކޮށްފައިވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި ކުރެވުނު ސުވާލުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

މިނިސްޓަރ ވިދާޅުވީ މިހިނގާ ރިޔާސީ ދައުރަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި މީހުން ބިނާ ކުރުމަށާއި، އުގަންނައި ދިނުމަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދުވަސްތައް ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކާއިއެކުވެސް ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ޙާއްސަ އިސްނެންގެވުމުގެ މަތީން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ އެއްވެސް ދަރިވަރަކަށް ސަރުކާރުން ހަމަޖައްސަން ޖެހޭ އެއްވެސް ކަމަކަށް ދަތިވެފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޮލާޝިޕްތަކާއި، ސްޓޫޑެންޓް ލޯނު ހަމަޖެއްސުމުގައިވެސް އެއްވެސް ދައްޗެއް ނެތި ސަރުކާރުން އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މީހުން ބިނާކުރުމަށްޓަކައި، އަދި ޚާއްސަކޮށް މަތީ ތައުލީމާއި، ތަމްރީން ހޯދުމަށް ދުވަހަކުވެސް ނުކުރެވޭ ވަރުގެ މަސައްކަތްތަކެއް މިސަރުކާރުން ވަނީ ކޮށްފަ. ދުވަހަކުވެސް ސަރުކަރުން ނުކުރާވަރުގެ ހޭދަ މިސަރުކާރުން ކޮށްފި." މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް