ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީ އާއި ހަވާލު ކޮށްފިއެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ޙުސައިނ...

29 Sep 2021 | 10:52

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީ އާއި ހަވާލު ކޮށްފިއެވެ.

އެމްޓީސީސީގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓު ސެކެރެޓަރީ ޒީނިޔާ ހަމީދެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި 170 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

މިގޮތުން 57 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. އަދި 9 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހަދާނެއެވެ.

މީގެ އިތުރުން 250 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓު ހެދުމާއި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫޢުތެރޭގައި ހިމެނޭކަމަށް އެކުންފުނިން ހާމަކުރެއެވެ. މި މަސައްކަތަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް  ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާއި ހަވާލުކުރެވުނު މަޝްރޫއު އެކެވެ.

މިއީ 9.61 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް