އިޓަލީ ޓޫރިސްޓުނަށް އޮތް ހުރަސް ފިލުވައިދީ، ގްރީން ލިސްޓުގައި ރާއްޖެ ހިމެނައިފި

އިޓަލީގެ ޓުއަރިސްޓުންނަށް ރާއްޖެއަށް ދަތުރު ކުރުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުން ދީފިއެވެ. މިފަހަރު އެ ގައުމުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނާފައިމިވަނީ ކޯވިޑު-19 ގެ އާލަމީ ވަބާ އާ ގުޅިގެން ރާއްޖޭގެ...

29 Sep 2021 | 09:29

އިޓަލީގެ ޓުއަރިސްޓުންނަށް ރާއްޖެއަށް ދަތުރު ކުރުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުން ދީފިއެވެ.

މިފަހަރު އެ ގައުމުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނާފައިމިވަނީ ކޯވިޑު-19 ގެ އާލަމީ ވަބާ އާ ގުޅިގެން ރާއްޖޭގެ ހާލަތު މިއަހަރު ކުރީ ކޮޅުން ފެށިގެން ގޯސްވުމުން ރެޑް ލިސްޓަށް ީތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ. އެޤައުމުން ރާއްޖެ މީހުން ދަތުރު ކުރުން މަނާކޮށް ފައިވަނީ މިދިޔަ މާރޗް މަހުން ފެށިގެންނެވެ

އެ ޤަައުމުގެ ހެލްތު މިނިސްޓްރީއިން ވަނީ ރާއްޖެ ހިމެނޭހެން ފަސް ޤައުމަކަށް ދަތުރުކުރުމުގެ ހުއްދަ ދީފައެވެ. އޭގެ ތެރޭގައި މިސްރު، އަރޫބާ، ޑޮމިނިކަން ރިޕަބްލިކަން އަދި ސީޝެލްސް އާއި މޮރިޝަަސް ހިމެނެއެވެ.

ނަމަވެސް މިޤައުމުތަކަށް ޒިޔާރަތް ކުރުމަށް ފަހު އަނބުރާ އިޓަލީ އަށް ދެވޭނީ ކޮވިޑްގެ ވެކްސިން ފުރިހަމަ ކޮށް ނެގަޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާ އާއި އެކުއެވެ.

ރާއްޖެއަށް ޓުައަރިސްޓުން ޒިޔާރަތް ކުރާ ޤައުމު ތަކަށް ބަލާލާއިރު އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނައިން ޓުައަރިސްޓުން ޒިޔާރަތް ކުރާ އެއް ޤައުމެވެެ. އެހެންކަމުން އެ ޤައުމުގެ ގްރީން ލިސްޓަށް ރާއްޖެ އައުން ވެގެން ދާނީ ފަތުރުވެރިކަމުގެ ސިނާއަތައް ލިބެގެން ދާނެ އިތުރު ކުރިއެރުމަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް