ތޯލިބާނުންނާއި ދެކޮޅަށް ޓުވިޓާގެ ފެންވަރުން އެޅެން އޮތް ފިޔަވަޅެއް އަޅަން ފަށައިފި

އަފްގާނިސްތާނުގެ ވެރިކަން މިދިޔަ މަހު ގަދަބާރުން ހޯދި ތޯލިބާނުންނާއި ދެކޮޅަށް ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާއަށްވެސް އެޅެން އޮތް ފިޔަވަޅެއް އަޅައިފި އެވެ. ދުނިޔޭގެ ގައުމުތަކުގެ އެކި އިދާރާތަކުގެ ޓުވިޓާ...

29 Sep 2021 | 09:20

އަފްގާނިސްތާނުގެ ވެރިކަން މިދިޔަ މަހު ގަދަބާރުން ހޯދި ތޯލިބާނުންނާއި ދެކޮޅަށް ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާއަށްވެސް އެޅެން އޮތް ފިޔަވަޅެއް އަޅައިފި އެވެ.

ދުނިޔޭގެ ގައުމުތަކުގެ އެކި އިދާރާތަކުގެ ޓުވިޓާ އެކައުންޓާއި ފާހަގަ ކުރެވޭ ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ގައުމުތަކުގެ ވެރިންގެ އެކައުންޓުތަކަކީ ޓުވިޓާއިން ރަސްމީކޮށްދީފައި ނުވަތަ ވެރިފައިޑް ކޮށްދީފަ ހުންނަ އެކައުންޓުތަކަކެވެ. އޭގެ މާނައަކީ އެ އެ ކައުންޓުން ކުރާ ޓުވީޓުތަކަކީ އެ ފަރާތެއް ނުވަތަ އިދާރާއަކުން ކުރާ ޓުވީޓެއްކަން ކަށަވަރު ކޮށްދިނުމެވެ.

މިގޮތަށް އަފްގާނިސްތާނުގެ ހުރިހާ މިނިސްޓްރީއެއްގެ ޓުވީޓާ އެކައުންޓުތަކެއް ހުރީ ވެރިފައިޑް އެކައުންޓުތަކެއްގެ ގޮތުގައި އެވެ. އަދި މިދިޔަ މަހު ވައްޓާލި ސަރުކާރުގެ ސިޔާސީ އިސް ފަރާތްތަކުގެ އެކައުންޓުތަކަކީވެސް ވެރިފައިޑް އެކައުންޓުތަކެވެ.

އެކަމަކު ޓުވިޓާއިން ވަނީ ތޯލިބާނުން ވެރިކަމަށް އައުމާއެކު އަފްގާނިސްތާނުގެ އެކި މިނިސްޓްރީތަކަށް ދޫކޮށްފައިވާ ވެރިފައިޑް ސްޓިކާ ނުވަތަ ބެޖު ނަގަން ފަށާފަ އެވެ. އެގޮތުން އެ ގައުމުގެ ފޮރިން މިނިސްޓްރީ، ޑިފެންސް އެންޑް އިންޓީރިއާ މިނިސްޓްރީ، ރައީސް އޮފީސް، އަދި ނެޝަނަލް ޕްރޮކިއުމެންޓް އޮތޯރިޓީގެ ޓުވިޓާ އެކައުންޓަށް ކުރިން ދޫކޮށްފައިވާ ވެރިފައިޑް ބެޖު ވަނީ އަނބުރާ ނަގާފަ އެވެ.

ކުރީ ސަރުކާރުގެ ތަކުގެ ވެރިންގެ ތެރެއިން ނައިބު ރައީސްކަން ކޮށްފައިވާ އަމްރުﷲ ސޯލިހުގެ އެކައުންޓަށް ދޫކޮށްފައިވާ ބެޖު ވަނީ ނަގާފަ އެވެ.

އެކަމަކު އަދިވެސް އަފްގާނިސްތާނުގެ ކުރީގެ ރައީސުން ކަމަށްވާ އަޝްރަފް ގަނީ، ހާމިދު ކަރުޒާއީ އަދި އަބްދުﷲ އަބްދުﷲގެ ޓުވިޓާ އެކައުންޑަކީ ވެރިފައިޑް އެކައުންޓުތަކެވެ.

އަފްގާނިސްތާނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ތޯލިބާނުން އެގައުމުގެ ކޮންޓްރޯލް ނަގައި ވަގުތީ އާ ސަރުކާރެއް އެކުލަވާލައި މަސައްކަތް ފެށި ނަމަވެސް ކުރިން ބޭނުން ކުރި އެއްވެސް ޓުވިޓާ އެކައުންޓެއް ބޭނުމެއް ނުކުރެ އެވެ. އެހެން ކަމުން ޓުވިޓާއިން އެޅި މި ފިޔަވަޅުގެ އަސަރު ތޯލިބާނުންނަށް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް