ހިތުގެ ބަލިތަކުގައި އަހަރަކު، 18.6 މިލިއަން މީހުންގެ ފުރާނަ ގެއްލޭ: ތަފާސް ހިސާބު

ހިތުގެ ބަލިތަކުގައި އަހަރަކު، 18.6 މިލިއަން މީހުންގެ ފުރާނަ ގެއްލޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހިތުގެ ބަލިތައް ތަހައްމަލު ކުރަމުން ދާ 520 މިލިއަނެއް...

29 Sep 2021 | 08:59

ހިތުގެ ބަލިތަކުގައި އަހަރަކު، 18.6 މިލިއަން މީހުންގެ ފުރާނަ ގެއްލޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހިތުގެ ބަލިތައް ތަހައްމަލު ކުރަމުން ދާ 520 މިލިއަނެއްހާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ހިތުގެ ބަލި ހުންނަ ޕޭޝަންޓުންގެ ހިތްތަކަށް އިތުރުނުތަނަވަސްކަމާއި އުނދަގޫތައް ވެރިވި ކަަމަށް ވެސް ވަނީ ދައްކާފަ އެވެ.

ހިތުގެ ބަލި ހުންނަ މީހުންނަށް ކޮވިޑް ވައިރަހުގެ އަސަރުން ލިބޭ ގެއްލުން އިތުރުވުމުގެ ފުރުސަތު ވެސް ބޮޑު އިރު، ގަވައިދުން ހޯދަން ޖެހޭ ސިއްހީ ފަރުވާއަށް ހުރަސް އެޅިފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ވަނީ ދައްކާފަ އެވެ.

ވަރލްޑް ހާޓް ފެޑަރޭޝަނުން މި ތަފާސް ހިސާބު ހާމަކޮށްފައި މިވަނީ މއިަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ނެެވ.

ދުނިޔޭގެ ހިތުގެ ދުވަހުގެ މިއަހަރުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޔޫޒް އަ ހާޓް ޓު ކަނެކްޓް" އެވެ.

ވަރލްޑް ހެލްތު ފެޑަރޭޝަންއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން، ބައިނަލްއަގުވާމީ ފެންވަރުގައި ހިތުގެ ބަލިތަކަށް ޚާއްސަ ދުވަހެއް ތައާރަފު ކުރީ 1999 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް