މާލޭ ސިޓީގެ ވިލިމާލޭ ކައުންސިލަރު ނަހުލާ އަލީ އަމިއްލަ ކުންފުންޏަކުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ނެގިކަމަށް ބުނާ މައްސަލައިގަ އެ ކުންފުނިން މުހުލަތެއް ދީފި އެވެ.
މީޑިއާއަށް ކޮޕީ ލިބިފައިވާ އަމިއްލަ މީހެއްގެ އެ ކުންފުނިން ނަހުލާ އަށް އިއްޔެ ފޮނުވި އެންގުމެއްގައި ބުނީ އަނބުރާ ދައްކާ ގޮތަށް އޭނާ އަށް 1،670،000 ރުފިޔާ ދީފައިވާ ކަމަށެވެ. ކުންފުނިން ފޮނުވި އެންގުމުގައި އަނބުރާ އެ ފައިސާ ދައްކަން ނަހުލާއަށް ދީފައިވަނީ އެއް ހަފްތާ އެވެ.
އެންގުމުގައި ބުނެފައިވާގޮތުން ނަހުލާ އަނބުރާ ދައްކާގޮތަށް ދިން އެ ފައިސާގެ އެއްވެސް މިންވަރެއް މިހާތަނަށް އޭނާ އެ ކުންފުންޏަށް ދައްކަވާފައެއް ނުވެ އެވެ.
މި މައްސަލައިގަ ކުންފުނީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ސިވިލް ކޯޓްގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ.
މި މައްސަލައިގަ ނަހުލާ އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ނަހުލާ އާއި ގުޅޭ ފައިސާގެ މައްސަލައެއް ފެންމަތިވި އިރު އަމިއްލަ ޕާޓީ ޕީޕީއެމް ތެރޭގައިވެސް އޭނާއާ މެދު ހިތްހަމަ ނުޖެހުންތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން ކުރިޔަށް އޮތް ދެ އަހަރު ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އޭނާއަށް ބައިވެެރިވެވަޑައިނުގެންނެވޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް