ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ. މި ސިޓީ ތަރައްގީ ކުރުމަށް ނިންމާފައިވަނީ މާލެ އަތޮޅުގައި އެވެ.  މިއީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާއި ދެ...

29 Sep 2021 | 07:54

ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ސިޓީ ތަރައްގީ ކުރުމަށް ނިންމާފައިވަނީ މާލެ އަތޮޅުގައި އެވެ.  މިއީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާއި ދެމެދު ޤާއިމު ކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުން މޯލްޑިވްސް ފްލޯޓިންގް އައިލެންޑް ގެނަމުގައި ކުރިޔަށް ގެންދާ މަޝްރޫއު އެވެ.

ނެދަލޭންޑްސްގެ ޑަޗްގެ ލޯކަލް ކޮންސަލްޓެންޓް މީޑިއާގައި ބުނީ ދި މި ސިޓީ ތަރައްޤީކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށެވެ. އެގޮތުން މިހާރު ކުރިޔަށް ދަނީ ފްލޯޓިން ސިޓީ އަޅާ ސަރަހައްދުގެ ކަނޑު އަޑީގެ ވެއްޔާއި ފަރުތަކުގެ ހާލަތު ބެލުމަށް ބޯ ހޯލިންގެ މަސައްކަތް ކަމަށެވެ.

އެ ކުންފުނިން ބުނެފައިވަނީ އީއައިއޭ ތައްޔާރު ކުރުމުގެ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފްލޯޓިންގް ސިޓީ އިން ފުރައިގެން ދިހަ މިނެޓުގެ ތެރޭގައި މާލެ އާދެވޭނެ އެވެ. މި ސިޓީގައި 5000 ގެ ހަދަން ނިންމާފައިވެއެވެ.

މި ސިޓީގައިވެސް އާންމު ކޮށް މީހުން ޙިދުމަތް ހޯދާ މުއައްސަސާތައް ހިމެނޭނެއެވެ. އޭގެ ތެރޭގައި ސުކޫލާއި ޝޮޕިންމޯލުތަކާއި، ހޮސްޕިޓަލާއި، ކައުންސިލަތަކާއި އެހެނިހެން ޙިދުމަތް ދޭ އޮފީސްތައް ހިމެނެއެވެ.

މި ފްލޯޓިން ސިޓީ އާއި ގުޅޭގޮތުން މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ މިއީ މުއްސަނދިން އަމާޒުކޮށް ތަރައްގީ ކުރާ ތަނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް