މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 60 ޕަސެންޓު ނިމިއްޖެ

މ.މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް އެބަ ގެންދެ އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ 60 ޕަސެންޓ...

29 Sep 2021 | 07:22

މ.މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް އެބަ ގެންދެ އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ 60 ޕަސެންޓު މިހާރު ނިމިފަވާ ކަމަށެވެ.

މިމަޝްރޫޢުގެ ދަށުން 412 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިގޮތުން ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް 28 ސެޕްޓެމްބަރ ގައި ވަނީ ފެށިފައެވެ.

މިއީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހިންގާ 17.6 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް