އެހެނިހެން ދީނުތަކަށް ރާއްޖެއިން ފުރުސަތު ދޭންޖެހޭ ކަމަށާއި އިސްލާމީ ޝަރީއަތުންވެސް އެކަމަށް ހުރަހެއް ނާޅާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ﷲ ތައާލާ ވޮޑިގެންވާކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.
"ދީނީ މިނިވަންކަމަށް ފުރުސަތު ދޭންޖެހޭނެ. އިސްލާމީ ޝަރީއަތުން ވެސް އެކަމަށް ހުރަހެއް ނާޅާ. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެން މިއީ ސުންނީ މުސްލިމުން." ޖާބިރު ވިދާޅުވި އެވެ.
މިމޭރުމުން ވާހަކަ ދެއްކެވުމަށްފަހު، ޖާބިރު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ހަތަރު ސަރުކާރު ނިމިގެން ދިޔައިރުވެސް އަދުލުވެރި ހެއްކެއް އަދި ހެކިދޭ މީހާއަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ.
ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާ އާއި އއ. މަތިވެރިން ޖާބިރަށް ހަމަލާދިން މައްސަލަ އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ބެލުމަށް ވެސް ގޮވާލައްވާފަ އެވެ.
ރާއްޖޭގައި އެހެން ދީންތަކަށް ވެސް ފުރުސަތު ހޯއްދަވައިދެއްވުމަށް ރާއްޖޭގެ ގާނޫނުއަސާސީ ވަރަށް ސަރީޙަކޮށް ބަޔާންކޮސްފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި ދީނުގެ އަސްލާ ޚިލާފު ގާނޫނުތައް ހެދުން މަނާ ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް