އާކާޝް ޕްރައިމް ޓެސްޓު ކޮށްފި - ބުނަނީ ކާމިޔާބުކަމަށް

އަވަށްޓެރި އިންޑިއާ އިން އާކާޝް ޕްރައިމް ނަމަކަށް ކިޔާ މިސައިލެއް ޓެސްޓު ކޮށްފި އެވެ. އެގައުމުގެ ނޫސްތަކުން ބުނެފައިވަނީ މި މިސައިލަކީ ކުރިން ބޭނުންކުރަމުން އައި އާކާޝް ގެ ފަހުގެ ވަރޝަންއެއް ކަމަށެވެ....

29 Sep 2021 | 06:53

އަވަށްޓެރި އިންޑިއާ އިން އާކާޝް ޕްރައިމް ނަމަކަށް ކިޔާ މިސައިލެއް ޓެސްޓު ކޮށްފި އެވެ.

އެގައުމުގެ ނޫސްތަކުން ބުނެފައިވަނީ މި މިސައިލަކީ ކުރިން ބޭނުންކުރަމުން އައި އާކާޝް ގެ ފަހުގެ ވަރޝަންއެއް ކަމަށެވެ. އަދި މި މިސައިލް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފައިވާ ކަމަށެވެ.

އެހެން މިސައިލްތަކާ ޚިލާފަށް މަތިންދާ ބޯޓެއް ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ މި މިސައިލް ގައި އާރްއެފް ސިސްޓަމެއް ވަނީ ހަރުކޮށްފަ އެވެ.

މި އާރްއެފް ނިޒާމުގެ ސަބަބުން އޭގެ އަމާޒުފަތްގަނޑުތައް ފަސޭހަކަމާއެކު ހޯދައި ގަނެވޭ އިރު، މިއީ ޖައްވު ފިނިވެފައިވާ އިރުވެސް މަތީ ފަށަލައިގައި ހަރަކާތްތެރިވެވޭ ފަދަ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށް އިންޑިއާ އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް