ފެން މީޓަރަކުން 10 ޕަސަންޓް އަދި ފެން ތަހުލީލް ޚިދުމަތުން 10 ޕަސަންޓް ކެނޑޭ ޕްރޮމޯޝަނެއް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ.
މިއީ އެ ކުންފުނީގެ ޝޯރޫމުގެ 5 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފެށި ޕްރޮމޯޝަނެކެވެ.
އެ ކުންފުނިން ބުނީ އިއްޔެ ފެށި މި ޕްރޮމޯޝަން މިއަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީ ޝޯރޫމަށް 5 އަހަރު ފުރުމުގެ މުނާސަބާ އާއިގުޅިގެން ޚާއްސަ މުނާސަބާއެއް ބާއްވާފައިވާ އިރު، ޝޯރޫމުން ދިގު މުއްދަތަކަށް ވިޔަފާރި ކުރަމުންދާ ކަސްޓަމަރުންގެ އަގު ވަނީ ވަޒަން ކޮށްފަ އެވެ.
އެގޮތުން 10 ކަސްޓަމަރަކަށް 10,000 ރުފިޔާގެ ވައުޗަރއެއް ވަނީ ހަދިޔާ ކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ރާއްޖޭގެ ސިނާއީ ދާއިރާއާއި ގުޅުންހުރި ގިނަ އުފެއްދުންތަކެއް އެއްފުރާޅެއްގެ ދަށުން ބާޒާރަށް ނެރުމަށް ކަމަށެވެ. އަދި ދުނިޔޭގައި ނަންހިނގާ މަޝްހޫރު ބްރޭންޑްތައް ދިވެހިންނަށް ވީހާވެސް ކައިރިން ލިބޭނޭގޮތް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.
ޝާހް އިތުރަށް ވިދާޅުވީ ޝޯވްރޫމްގެ ވިޔަފާރި އިތުރަށް ތަރައްގީކޮށް، ކައިރި މުސްތަގްބަލެއްގައި އިތުރު ބްރޭންޑްތަކާއި ޕްރޮޑަކްޓްތައް މަގުފަހި ކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ ޝޯރޫމްގެ ޚިދުމަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް