މިއަދާއި މާދަމާ ރާއްޖޭގެ ސަރަހައްދަށް މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާސާކޮށްފިއެވެ.
އެ އިދާރާގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ތަހުމީނާ އަބްދުލް ކަރީމް "ދުވަސް" އަށް ވިދާޅުވީ ބުދަ އަދި ބުރާސްފަތި ދުވަހު މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި ވައި ޖެހޭ ބާރުމިން ވެސް ދަށްވެގެންދާނެ ކަމަށެވެ.
ތަހުމީނާ ވިދާޅުވީ އާންމުކޮށް ވައިޖެހޭ ބާރުމިނަށް ވައި ދަށްވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
ވައި މަޑުވުމުގެ ސަބަބުން ރަށްރަށަށް އުދައެރުމުގެ ފުރުސަތު ކުޑަވާނެއެވެ. އަދި ކަނޑުތައް މަޑުވާނެއެވެ.
ރާއްޖެއަށް ފާއިތުވި 3 ދުވަހު މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ބުނެފައެވެ. އަދި އެފަރާތްތަކަށް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އުދަ އަރައިގެން ބައެއް ރަށްރަށަށް ވެސް ގެއްލުންތައް ލިބިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް