ކޯވިޑް ވެކްސިނަށް ތަރުހީބު ކުޑަ، ހޯމަ ދުވަހު ހާހެއްހާ މީހުންވެސް ވެކްސިން ނުޖަހާ!

ރާއްޖޭގައި މިހާރު ކޯވިޑް ވެކްސިން ޖެހުމަށް މާބޮޑު ތަރުހީބެއް ނެތްކަން ކަަމށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ރާއެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައ...

29 Sep 2021 | 05:47

ރާއްޖޭގައި މިހާރު ކޯވިޑް ވެކްސިން ޖެހުމަށް މާބޮޑު ތަރުހީބެއް ނެތްކަން ކަަމށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ރާއެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ 27 ވީ ހޯމަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ 391،960 އަށް އަރާފައެވެ.

ހޯމަ ދުވަހު 162 މީހަކު ވަނީ ކޮވިޑް ވެކްސިންގ ފުރަތަމަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 76 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގ ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަތޮޅު ތަކުން އެދުވަހު ވެކްސިންގ ފުރަތަމަ ޑޯޒު ޖެހީ 86 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ދެވަނަ ޑޯޒު ހޯމަ ދުވަހު 721 މީހަކަށް ޖަހައިދީފައިވެއެވެެ. މީގެ ތެރެއިން 251 މީހުންނަކީ މާލެ ސަރަޙައްދުން ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކެވެ. އަތޮޅުތަކުން އެ ދުވަހު ވެކްސިން ދެވަނަ ޑޯޒު ފުރިހަމަ ކުރީ 470 މީހުނެވެ.

މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 337،293 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް