އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ޓީކެޓް ޓިކެޓް ވިއްކަން ފަށައިފިއެވެ.
އަަންނަ ހުކުރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓިކެޓް މިއަދު ވިއްކުމަށް ހަމަޖެހިގައިވާއިރު، މިއީ މުޅި މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއަދު ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ހުރުކު ދުވަހު ކުޅޭ މެޗްގެ ޓިކެޓްތަކެވެ.
މިއަންނަ ހުކުރު ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝް އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ނޭޕާލް އާއި ދިވެހިރާއްޖެއެވެ. މިއަދު ހެދުނު 10:00ން ފެށިގެން ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާއިރު، އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮލިމްޕަސް ކުރިމައްޗަށް އިންނަ ޓިކެޓު ކައުންޓަރުންނެވެ.
އެފްއޭއެމުން ބުނީ ކޮންމެ މެޗް ޑޭއެއްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މެޗް އޮންނަ ދުވަހުގެ އެއް ދުވަސް ކުރިންނެވެ.
ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ބަންގްލަދޭޝާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގެ ޓިކެޓު ވިއްކާނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހާއި 6 ވަނަ ދުވަހެވެ. 3ވަނަ މެޗުގައި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، އެ މެޗުގެ ޓިކެޓު ވިއްކާނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހުއެވެ. އިންޑިއާ އާއި ރާއްޖެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާ މެޗު ޓިކެޓު ވިއްކާނީ އޮކްޓޯބަރު 11 އަދި 12 ވަނަ ދުވަހެވެ.
އެފްއޭއެމްއިން ބުނީ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19 ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މިއާއެކު ޓިކެޓް ގަންނަން އަންނަ ފަރާތްތަކުން ކޯވިޑް-19ގެ ދެ ޑޯޒް ޖަހާފައިވާ ވެކްސިން ކާޑު ގެނައުމަށް އެފްއޭއެމުން ވަނީ އިލްތިމާސްކޮށްފައެވެ. ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100ރ އަށެވެ. ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75.ރ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް