ޗެމްޕިއަންސް ލީގު: މިރޭގެ މެޗަށް ނިކުންނައިރު، ޔުނައިޓެޑުގައި އަނިޔާގެ ގިނަ މައްސަލަތަކެއް

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މިރޭ އަމިއްލަ ރަށުގައި ސްޕެއިންގެ ވިޔަރެއާލްއާއި ދެކޮޅަށް ޔުނައިޓެޑު ނިކުންނައިރު، އެ ޓީމަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ކޯޗު އޮލިގަނަ ސޮ...

29 Sep 2021 | 05:13

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މިރޭ އަމިއްލަ ރަށުގައި ސްޕެއިންގެ ވިޔަރެއާލްއާއި ދެކޮޅަށް ޔުނައިޓެޑު ނިކުންނައިރު، އެ ޓީމަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ކޯޗު އޮލިގަނަ ސޮލްޝެއާ ބުނެފިއެވެ.

" ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް މިވަނީ އަނިޔާގެ މައްސަލައާއި ކުރިމަތިލާން ޖެހިފަ. މީގެ ކުރިން ދުވަހުކުވެސް މިހާ ގިނަ މުހިންމު ކުޅުންތެރިން ތަކެއް އިންޖަރީގައި ހުއްޓަކާ ނުދެކެން. މި ވަގުތަކީ ސްކޮޑް ވަރަށް ހީނަރުވެފައިވާ ދަނޑި ވަޅެއް. އެހެން ނަމަވެސް ރަނގަޅު ފެންވަރުގެ ޓީމެއް ނެރެވޭނެ." އޮލިގަނަ ސޮލްޝެއާ ބުންޏެވެ.

ޔުނައިޓެޑްގެ ގިނަ ކުޅުންތެރިން ތަކަކަށް އަނިޔާވެފައިވާ އިރު އެންމެ ފަހުން އެ ޓީމް ލީގުގައި އެސްޓަން ވިލާއާއި ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ހެރީ މެގުއާގެ ކަނާތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެ ވަނީ ކުޅުމާއި ދުރުށް ދާންޖެހިފަ އެވެ. އޭނާ ކުޅުމާއި ދުރުގައި އެއް ހަފްތާ ހުންނަން ޖެހޭނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

"މަގުއާގެ އެ އަނިޔާއެކު ޖުމްލަ 3 ކުޅުންތެރިއަކަށް މި ވަނީ އަނިޔާވެފައި. މި އަހަރެންގެ ކޯޗިން ކެރިއަރުގައި ވެސް އެހާ ގިނަ ކުޅުންތެރިން ތަކަށް އަނިޔާގެ މައްސަލަ ތަކާއި ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު،" ސޮލްޝެއާ ބުންޏެވެ.

މެގުއާގެ އަނިޔާއާ ގުޅިގެން އޭނާ ކުޅުމުގެ ތެރެއަށް އައުމަށް މަދުވެގެން އެއް ހަފްތާ ނަގާނެ ކަމަށް ވެސް ސޮލްޝެއާ ބުނެފައިވާ އިރު ޔުނައިޓެޑް ކުޅޭ މުހިންމު މެޗުތަކެއް އޭނާއަށް ގެއްލިގެން ދާނެއެވެ. ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މިރޭ ސްޕެއިންގެ ވިޔަރެއާލްއާއި ދެކޮޅަށް ޔުނައިޓެޑްގެ މުހިންމު ކުޅުންތެރިންތަކަކަށް ނުކުޅެވޭއިރު، އޭގެ ތެރޭގައި ކެޕްޓަން ހެރީ މަގުއާ، މާކަސް ރަޝްފޮޑް، އަމަޑް ޑިއާލޯ ހިމެނެއެވެ.  ލުކް ސޯއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާއަކާއި ކުރިމަތި ލާން ޖެހިފައިވާއިރު، އޭނާއަށް ވެސް މިރޭގެ މެޗު ގެއްލިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. ނަމަވެސް ސޯގެ އަނިޔާ އެހާސީރިއަސް ނޫން ކަމަށް ސޮލްޝެއާ ބުންޏެވެ. އެގޮތުން މިރޭގެ މެޗުގައި އޭނާ ބެންޗުގައި ހިމެނާފައިވާ ކަމަށް ކޯޗު ވަނީ ބުނެފައެވެ.

"ލުކް ސޯއަށް ވެސް އަނިޔާގެ މައްސަލަ ކުރިމަތިވި. އެހެން ނަމަވެސް ނުކުޅެވޭ ވަރުގެ އަނިޔާއެއް އޭނާއަށް ވެފައެއް ނެތް. އެހެން ކަމުން މިރޭ މެޗުގެ ކޮންމެވެސް ހިސާބަކުން ސޯ ފެނިގެން ހިނަގއިދާނެ." ސޮލްޝެއާ ބުންޏެވެ.

އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކަށް މިރޭގެ މެޗުގައި ނުކުޅެވޭއިރު، ސަސްޕެންސަނުގެ ސަބަބުން ވާތު ބެކް އާރޮން ވެން ބިސާކާއަށް ވެސް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. ބިސާކާ ސަސްޕެންޑް ވީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ސްވިޒަލެންޑްގެ ޔަންގް ބޯއީސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑަކާއި ގުޅިގެންނެވެ.

އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ޔުނައިޓެޑަށް މިރޭ ވިޔަރެއާލްއާއި ދެކޮޅަށް ނެރޭ ކްސޮޑްގައި ބަދަލުތަކެއް ފެންނާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ވަނީ ބުނެފައެވެ. އެގޮތުން މަގުއާ ގެ ބަދަލުގައި އެ މަގާމު ފުރާނީ ޑިއޭގޯ ޑެލޮޓް އާއި ލިންޑެލޮފް އާއި އަލެކްސް ޓެލޭ، މި ތިން ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް ކަމަށްވެސް ސޮލްޝެއާ ބުންޏެވެ. އަދި ސަސްޕެންސަނުގައި ހުރި އާރިންގެ ބަދަލުގައި އެމަގާމަށް ހަމަ ޖައްސާފައިވަނީ ޓޮމިނާއީ އެވެ.

ވިޔަރެއާލް އަދި ޔުނައިޓެޑް ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާއިރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް