ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު ޤާސިމް އިބްރާޙިމް ހުންނެވީ ދިވެހި ގައުމީ ޓީމާއެކުކަން ހާމަކުރައްވައިފި އެވެ.
ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ހެޔޮ ދުޢާ އަބަދުވެސް ވާނީ ދިވެހި ޤައުމީޓީމާއި އެކު ކަމަށެވެ. "الله އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރަކަށް ވާނީ މިފަހަރު." ވިދާޅުވިއެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓީކެޓް މިއަދު ވިއްކުމަށް ހަމަޖެހިފައިވާކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ. ހުކުރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓިކެޓް މިއަދު ވިއްކުމަށް ހަމަޖެހިގައިވާއިރު، މިއީ މުޅި މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުއެވެ. 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދިއިރު، އެފަހަރުގެ މުބާރާތް ބާއްވާފައިވަނީ ސްރީލަންކާއާއި ގުޅިގެންނެވެ.
ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުރުކު ދުވަހު ކުޅޭ މެޗްގެ ޓިކެޓްތަކެވެ. މިއަންނަ ހުކުރު ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝް އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ނޭޕާލް އާއި ދިވެހިރާއްޖެއެވެ. ހެދުނު 10:00 ޖަހާއިރު ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާއިރު، އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮލިމްޕަސް ކުރިމައްޗަށް އިންނަ ޓިކެޓު ކައުންޓަރުންނެވެ.
އެފްއޭއެމުން ބުނީ ކޮންމެ މެޗް ޑޭއެއްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މެޗް އޮންނަ ދުވަހުގެ އެއް ދުވަސް ކުރިންނެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބަންގްލަދޭޝާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގެ ޓިކެޓު ވިއްކާނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހާއި 6 ވަނަ ދުވަހެވެ. ތިން ވަނަ މެޗުގައި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، އެ މެޗުގެ ޓިކެޓު ވިއްކާނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހުއެވެ. އިންޑިއާ އާއި ރާއްޖެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާ މެޗު ޓިކެޓު ވިއްކާނީ އޮކްޓޯބަރު 11 އަދި 12 ވަނަ ދުވަހެވެ. އެފްއޭއެމްއިން ބުނީ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19 ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިއާއެކު ޓިކެޓް ގަންނަން އަންނަ ފަރާތްތަކުން ކޯވިޑް-19ގެ ދެ ޑޯޒް ޖަހާފައިވާ ވެކްސިން ކާޑު ގެނައުމަށް އެފްއޭއެމުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުރިހާ ގަދިއެއްގައި ވެސް މާސްކް އަޅަންޖެހޭނެކަމަށް އެފްއޭއެމުން ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100ރ އަށެވެ. ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75.ރ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް