ބޮލީވުޑްގައި މިއަހަރު ކުރާނެ ކައިވެނިތަކުގެ ތެރެއިން ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ކަމެކެވެ.
2020 ވަނަ އަހަރު ފަހުކޮޅު ކުރަން ހަމަޖެއްސި ކައިވެނި ފަސްކުރީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މަރުވުމުންނެވެ. އޭގެ ކުރިން މިދިޔަ އަހަރު ކުރީ ކޮޅު ކައިވެނި ކުރަން އުޅެފަ ފަސްކުރީ ރިޝީ އޭރު ކެންސަރު ބަލީގައި މާބޮޑަށް ހާލު ދެރަވަމުންދިއުމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު އަނެއްކާވެސް ކައިވެނީގެ ތައްޔާރީތައް ވަރަށް ފޯރިއާ އެކު ކުރިޔަށް އެބަދެއެވެ. މިހާރު ދެ ތަރިން ދަނީ ކައިވެނީގެ ހަފްލާތައް ބާއްވާނެ ރަނގަޅުތަނެއް ހޯދަމުންނެވެ.
އެގޮތުން މިހާރު ދެ ލޯބިވެރިން ތިބީ އިންޑިއާގެ ޑެޒާޓް ސްޓޭޓް ކަމަށްވާ ރާޖިސްތާނުގެ ޖޯދު ޕޫރުގައި އެވެ. އެ ދެމީހުންގެ ރަސްމީ ފޭން ޕޭޖުގައި ބުނެފައިވާ ގޮތުގަ މިދަތުރުގައި އެމީހުން ކައިވެނި ކުރާނެ ތަނެއް ހޯދުމުގެ އިތުރުން ރަންބީރުގެ އުފަން ދުވަސް ފާހަގަ ކުރި ކަމަށެވެ.
ރަންބީރުގެ އުފަންދުވަހަކީ އިއްޔެ އެވެ. އޭނާގެ 39 ވަނަ އުފަންދުވުގެ ތަހުނިޔާ ކިޔައި އާލިއާ އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާގެ ދިރިއުޅުމަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާ ކަމަށެވެ. އެ ޕޯސްޓުގައި ދެމީހުން ތިބީ ޖޯދުޕޫރުގެ މަޝްހޫރު ލަގްޒަރީ ސުޖަން ޖަވާއީ ކޭމްޕުގައި އިރު އޮއްސޭމަންޒަރު ބަލާށެވެ.
https://www.instagram.com/p/CUXaCn9sh1e/
ދާދިފަހުން ރަންބީރުގެ މަންމަ ނީތޫ ކަޕޫރު ބުނީ ފިރިމީހާ ރިޝީ މަރުވީ ވަރަށް ބޭނުންވާ ކަމެއް ނުފެނިގެން އުޅެނިކޮށް ކަމަށެވެ. އެއީ ރަންބީރު ކައިވެނި ކުރާ ދުވަސް ކަމަށް ނިތީ ބުންޏެވެ.
ރަންބީރު ޕިޝާވަރީ ސަގާފަތަށް ހެދުން އަޅައި ބޮލުގައި ފަގުޑި އަޅައިގެން ކައިވެނި ހެދުން ލައިގެން އަހެއްގައި ކައިވެނީގެ ހަފްލާ ބާއްވާ ތަނަށް ދާ ދުވަހަކީ ރިޝީ އަބަދުވެސް ދެކެން ބޭނުން ވެގެން ވާހަކަދައްކާ ދުވަހެއް ކަމަށް ނިތީ ބުންޏެވެ.
ރަންބީރުގެ ކައިވެނީގެ ކަންކަން ނިންމަން މި ދުވަސްވަރު ވަރަށް ފޯރި ހިފާފަ ހުރި އިރު ބައްޕައަށް ނުފެނުނަސް ބައްޕަ ބޭނުންވާގޮތަށް ހެދުން އަޅައިގެން އޭނާ ކައިވެެނި ކުރާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް