އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެވަޑައިގެންނަވާނީ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމަށް ވިދާޅުވެއްޖެ އެވެ.
އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސްކަމަށް އިންތިހާބު ކުރިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރީ މިއަދު އެވެ.
އޭގެ ފަހުން އިބޫ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ވަނީ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމަށެވެ. އަދި އިންތިހާބުގައި ރައްޔިތުން ދައްކައިދިން ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ހިތުގެ ފުންމިނުން ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
އިބޫ އިތުރަށް ވިދާޅުވީ ރާއްޖޭގެ މުސްތަގްބަލް ހެޔޮ ގޮތުގައި ބިނާ ކުރުމުގެ ފުރުސަތު އޮތީ ލިބިފައި ކަމަށެވެ.
https://twitter.com/ibusolih/status/1045964014659018752
ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ރައީސް ޔާމީން ވަނީ ބަލި ގަބޫލުފުޅު ކުރައްވައި، އިބޫއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ނޮވެމްބަރު 17 ގައި އިބޫ ހުވާ ކުރެއްވުމާ ހަމައަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވެސް އޮތީ ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް